Advertisement

ޤާޒީ ހުސެއިން ފާއިޒް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަނީ

26 Nov 2025 | 20:55
ކްރިމިނަލް ކޯޓުގެ ޤާޒީ ހުސެއިން ފާއިޒް

ކްރިމިނަލް ކޯޓުގެ ޤާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، މިފަދައިން ނިންމީ ފުލުހުންގެ ބަންދަށް ގެނެވުނު ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ހިލާފަށް ކަމަށް ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާތީ ކަމަށެވެ.

Advertisement

ޖޭއެސްސީން ބަލަމުން ދިޔަ ދެ މައްސަލައަކާ  ގުޅިގެން ޤާޒީ ފާއިޒް ހުންނެވީ މިދިޔަ އޮކްޓޫބަރު 22 އިން ފެށިގެން ސަސްޕެންޑުވެސް ކޮށްފައެވެ.

ބައެއް މީޑިއާ ތަކުން ރިޕޯޓުކުރިގޮތުގައި ފާއިޒް ސަސްޕެންޑްކުރީ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު 41އ ބަންދުން ދޫކޮށްލުމާއި، މޭރީ ގްރޭސް މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.

މީގެ ކުރިީން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީން ވަނީ ފާއިޒް ސަސްޕެންޑުކޮށްފައެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.

Advertisement

ކޮމެންޓް