މިސްކިތައް ގެއްލުން ދޭ މައްސަލަ ތަކަކީ ޓެރަރިޒަމް އަމަލެއް ގޮތުގައި ހިމެނުމަށް ހުށަހަޅައިފި
މިސްކިތަށް ގެއްލުންދޭ މައްސަލަ ތަކަކީ ޓެރަރިޒަމް އަމަލެއް ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މެންބަރު މުހައްމަދު ހުށަހެޅީ މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރޭގައި ހިމެނުމަށް، އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.
މެންބަރު ވިދާޅުވީ، ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުންދާތީ، އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެފަދަ ޢަމަލެއް ކަމަށެވެ. މި ބިލް ހުށަހަޅަން ޖެހުނީ މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށް ވާތީ ކަމަށް މެންބަރު ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެ ފަދަ މުސްލިމު ގައުމެއްގައި މިސްކިތްތަކަށް ގެއްލުން ދިނުން ފަދަ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ މައްސަލަ ތަކުގައި ހައްޔަރުކުރާ ގިނަ ފަރާތްތަައް "ނަފްސާނީ" މައްސަލައެއް ހުންނާތީ ބަންދުގައި ނުބަހައްޓާ ދޫކޮށްލައެވެ.