Advertisement

ސިފައިންގެ މީހަކު ކުޑަ ދެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއް!

19 Nov 2025 | 11:28
-

ސިފައިންގެ މީހަކު ކުޑަ ދެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްެޖެއެވެ.

ފުލުހުން ބުނީ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މި މަހު 16 ގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުން އަންނަ މައުލޫމާތުގައި ބުނެފައިވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އަންނަ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ބެލެވެނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ދެ ދަރިންނަށް ކަމަށްވެސް ސޯސަލް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ޕޯސްޓުތަކުގައި ވެއެވެ. 

Advertisement

ދުވަހަށް އެނގިފައިވާ ގޮތުން އެ ދެކުދިންގެ އުމުރަކީ 15 އަދި 16 އަހަރެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް