އަބްދުއްރަހްމާންގެ މަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި
އއ.މާޅޮސް އޯކިޑުމާގެ އަބްދުއްރަޙުމާން އާދަމް (65އ) މަރާލި މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ އަބްދުއްރަހްމާން އާދަމް، އއ.މާޅޮސް މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭ ފަދަ ބޮޑެތި ޒަޙަމްތަކެއްދީ މަރާލާފައިވާ މައްސަލާގައި ދައުވާ ކުރުމަށް މި ހަފްތާގެ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އއ.މާޅޮސް ފިޔަ، އަޙްމަދު އާޝިދުގެ މައްޗަށް ދައުވާކޮށްފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާއެވެ. އަދި އއ.މާޅޮސް ލިލީފެހި، މުޙައްމަދު ވިސާމް އާއި އއ.މާޅޮސް، އަޙްމަދު ފާރިސްގެ މައްޗަށް ކޮށްފައިވަނީ، ބިރެދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހިން ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އަބްދުއްރަހީމްގެ ބޮލަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން ބޮލަށް ބޮޑެތި ޒަހަމް ތަކެއް ލިބިފައިވާއިރު، އެނާ މަރަށް ތެޅެނިކޮށް ފެނުނީ އޭނާގެ އަންހެނުންނަށެވެ. މި ހާދިސާ ހިނގި އިރު އެ ގޭގައި ތިބީ މި ދެމަފިރިން އެކަންޏެވެ.
އެ ހަަމަލަ އަމާޒުވީ މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ.