Advertisement

ކޮޅުވެއްޓި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށްވެ، މަރާމާތުތައް ކުރުމުގެ ބަޖެޓުވެސް ނެތުމުން: ނާޒިމް

18 Nov 2025 | 10:55
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ކޮޅުވެއްޓި ބަންޑުން ޖަހާލީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހާލަތު ދަށްވެ، މަރާމާތު ކުރުމުގެ ފައިސާ ބަޖެޓެއްވެސް ކުންފުނީގައި ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކޮމިޓީތަކުން ބަލަމުން އަންނަ މައްސަލަ ތެރޭގައި، ކޮޅުވެއްޓި ބަންޑުން ޖަހާލި މައްސަލަ ހިމެނޭކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ، މިފަދަ ހާދިސާތައް ހިނގަން މެދުވެރިވީީ އެ ކުންފުނި މެނޭޖުކުރަން ޖެހޭ ގޮތަށް މެނޭޖުނުކުރެވުނީމަ ކަމަށެވެ. 

Advertisement

އެ މައްސައަށް ވާހަކަދައްކަވަމުން، އެމްޕީއެލްގެ ހާލަތު ނާޒިމް ވަނީ ބަޔާންކޮށްފައެވެ. ނާޒިމް ވިދާޅުވީ، އެ ކުންފުނީގައި މިއަދު އެއްވެސް ބަޖެޓެއް ނެތް ކަމަށެވެ. އަދި އެތަނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ވަރުވެސް އެ ކުންފުނީގައި ނެތް ކަމަށެވެ. 

އެންމެ ފަހުން އިހަށް ދުވަހަކު ހިނގި ހިތާމަވެރި ހާދިސާ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާ ދިމާވީ ވެސް އެ ބޯޓުން ބޭލި މުދާ ހިފަހައްޓާވަރުގެ ސްޓްރެންތް، މިހާރު އޮތް ކީވޯލްގައި ނެތިގެން ބޯޓު ކައިރި ކުރާ މަގަތުފާލަމުގައި ނެތް، އެ މުދާ ބޭލޭހާ ބަރުދަން ހިފެހެއްޓޭ މިންވަރެއް

- ނާޒިމް

އަދި މިފަދަ މައްސަލަތަކަކީ ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ކަމަށާއި، ބޯޯޓު ބަންޑުން ޖަހާލި އެއް ސަބަބަކީ ބޯޓުން ސީދާ ކޮޅުވެއްޓިއަށް އެކްސްކަވޭޓަރުތައް އެރުވުން ކަމަށް ވާތީކަމަށް ނާޒިމް ވިދާޅުވިއެެވެ.

މީގެއިތުރުން އެ ކުންފުނީގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، 2015 އިން 2018،2019 އާއި ހަމައަށް އެ ކުންފުނީގެ ބޭންކް ބެލެންސް އޮތީ ވަރަށް ރަގަނޅަށް ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ހާލަތު ގޯސްވީ އެ ކުންފުނީގެ ބޭންކް ބެލެންސްގެ ގޮތުގައި ހުރި ފައިސާ އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދޭން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޓަވަރުތަކެއް ހެދުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ، އެ ޓަވަރުތައް ހެދުމަށް ކުންފުނީގެ ބަޖެޓް އެއްކޮށް ހުސްކޮށްލީ ކަމަށެވެ. އަދި އެ ޓަވަރުތައް ހަދަން ފެށީ، ކޮންޓްރެކްޓާ ފައިނޭންސް މަޝްރޫއުއެއް ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން ކޮންޓްރެކްޓަރަކަށް ފައިނޭންސެއް ނުގެނެވުުނު ކަމަށެވެ.

އަދި  ކޮންޓްރެކްޓަރަށް ފައިސާ ނުހޯދުމުން، ޓަވަރުތަކުގެ މަސައްކަތް ދެން ފެށީ ފްލެޓް ލިބޭ ފަރާތްތަކުގެ ނަމުގައި ލޯނު ނަގައިގެން އިމާރާތް ނިންމަން ކަމަށާއި އެހެން ނަމަވެސް އެ ނިންމުން ފަހުން ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޕީއެލްގެ ކުރީގެ މާލީ ހާލަތު ރަގަނޅުކަން ފާހަގަ ކުރަައްވަމުން ނާޒިމް ވިދާޅުވީ އޭރު ތިލަފުށީގެ ބިން ހިއްކަން އެޗްޑީސީއަށް ވެސް އެ ކުންފުނިން ފައިސާ ދީފައިވާކަމަށެވެ.

Advertisement

ކޮމެންޓް