Advertisement

ކުރީގެ ރައީސުންނަށް ކެރިވަޑައިވަނުގަތް އެތައް ނިންމެވުންތަކެއް ރައީސް މުއިއްޒު އެދަނީ ނިންމަވަމުން: ނައިބު ރައީސް

17 Nov 2025 | 11:17
ރައީސުލްޖުްހޫރިއްޔާގެ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް-ފޮޓޯ:ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ އެހެން ލީޑަރުންނަށް އަޅުއްވަން ކެރިވަޑައިނުގަތް އެތައް ފިޔަވަޅުތަކެއް އެޅުއްވި ޖެހިލުން ކުޑަ ސިޔާސީ ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ސަރުުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވެވި ޚާއްސަ އިންޓަވިއުއެއްގގައެވެ.

Advertisement

ނައިބު ރައީސް ވިދާޅުވީ، ކިތަންމެ ހެޔޮ ނިންމުމެއް ނިންމެވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުމަކީ މި ރާއްޖޭގެ ސިޔާސީ މަސްރަހުގެ އާދަ ކަމަށެެވެ. އަދި މި ސަރުކާރުން ފެންނަމުން މިދަނީ ރައްޔިތުން ޤަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވައި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ދާތަން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެރިކަންކުރެއްވި ރައީސުންނަށް ކެރިވަޑައިނުގެންނެވި ރައްޔިތުންގެ ނަފުސާނީ އަދި ޞިއްޙީ ދުޅަހެޔޮކަމަށްޓަކައި މުހިންމު ނިންމެވުންތަކެއް ރައީސް ޑރ މުއިއްޒު ނިންމަވާ މިހާރު ތަންފީޒުކުރަން ފަށާފައިވާކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ސަރުކާރުން ނިންމެވުންތައް ނިންމަވާއިރު، އެއާ ގުޅިގެން އަންނަ އެހެނިހެން ކަންކަމަށްވެސް ރިޢާޔަތްކުރައްވާ ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެއެވެ. މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ފެއްޓެވިއިރު، ތަންފީޒުކުރާ އިދާރާތަކަށް ޤާނޫނީ ބާރުވެރިކަންދީ، އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރެވޭނެ ރީހެބިލިޓޭޝަން ނިޒާމުތައް ހަރުދަނާކުރެއްވިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.


"ވޭޕް މަނާކުރުމާއި ޑްރަގާ ގުޅޭގޮތުން ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދިއުން މިއީ ކުރިން ފެނިފައިވާ މަންޒަރުތަކެއް ނޫން. މިއީ ކުރީގެ ރައީސުންނަށް ކެރިވަޑައިނުގަތް ނިންމެވުންތަކެއް ނިންމަވަން."

ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، އަދި އެކިއެކި ޚިދުމަތްތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވަމުންދާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިސަރުކާރުގެ ވެރިކަމުގެ ތެރެއިން ހެޔޮ ވެރިކަމެއްގެ ސިފަތައް ފެންނަމުންދާކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް