Advertisement

ޒެމްބިއާގައި ބޭއްވި މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

17 Nov 2025 | 09:18
-

ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ވަނަ

ހޯދި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

Advertisement

މި މުބާރާތުގައި ވާދަކޮށްގެން، ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ވަނީ ރަން

މެޑަލް ހޯދާފައެވެ.

އަދި މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން

ހޯދި ދެވަނަ ރަން މެޑަލް ކަމަށް ރައީސް ވިދާޅުވިއެވެ.

ޒެމްބިއާގެ  މުބާރާތުން އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާއިން ވަނީ ރިހި

މެޑަލްވެސް ހޯދާފައެވެ.

މި ޝަރަފްވެރި ކާމިޔާބީތައް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި އެތުލީޓުންނަށް ތަހުނިޔާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް