Advertisement

ޖަލު ހެދުން ލައްވައި ބިޑިި އަޅުވަން އުޅުމުން ގޮޅިން ނުނުކުންނަން ބައްސާމް ބޮޑާ ހާކައިފި

16 Nov 2025 | 12:27
ބައްސާމް އަދީލް ޖަލީލް-ފޮޓޯ:މޯލްޑިވްސް ޖާނަލް

އެފްއޭއެމްގެ ހިޔާނާތުގެ ތުހުމަތުގައި ބަންދުގައި  ހުރި ބައްސާމް އަދީލް ޖަލީލު ޖަލުގެ ގޮޅިން ނިކުންނަން ދެކޮޅު ހަދީ، ޖަލު ހެދުން ލައްވައި ބިޑި އަޅުވަން އުޅުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މިއަދު ހެނދުނު 8:15އަށް ތާވަލުކުރި ބައްސާމްގެ އަޑުއެހuން ނުފެށި ލަސްވީ ޖަލުގެ ގޮޅިން އޭނާ ނިކުންނަން ދެކޮޅު ހަދަމުންދާތީއެވެ. ކްރިމިނަލް ކޯޓުން ބުނީ އޭނާ ގޮޅިން ނިކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބޮޑި އަޅުވައިގެން ގެންނަން ކަރެކްޝަން ސާރވިސްއިން މަސައްކަތް ކުރުމުންނެވެ.

Advertisement

އެ އިދާރާއިން ޖަލު ހުކުމް ތަންފީޒުކުރުމަށް އެހެން ފަރާތްތަކާއި މެދުވެސް ކަންތައް ކުރަނީ މިހެނެވެ.

އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތާއި މަނީލޯންޑަރިންގެ ދައުވާއެވެ. އެފްއޭއެމްއަށް ފީފާއިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވެ އެ ފައިސާ ބޭނުންކޮށް މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ބައްސާމް އެދަނީ ތަންފީޒުކުރަމުންނެވެ. މަނީ ލޯންޑަރީގެ އިތުރު ދައުވާތަކެއް ދައުތުން ބައްސާމްގެ މައްޗަށް ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ބައްސާމް ހިޔާނާތްތެރިވެ ބޭނުންކުރި ކަމަށް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލު ބުނަނީ، މި މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށެވެ. އަދި އެ ފައިސާ ދިނީ އެފްއޭއެމްއަށް ވިޔަސް އެ މައްސަލަ ދިނީ ފީފާއިން ކަމުން ފީފާގެ ހުއްދަ މައްސަލަ ބެލުމަށް ހޯދަން ޖެހޭނެ ކަމަށް ބައްސާމްގެ ވަކީލު ބުންޏެވެ. އަދި އެފަދަ މައްސަލަތަކަށް ގައުމުތަކުގެ އިދާރާތަކުން ނުވަދެވޭނެ ކަމަށް ވެސް ވަކީލު ބުނެފައިވެއެވެ.

އެހެން ނަމަވެސް ޣާޒީ ނިންމީ އެ މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

މި މައްސަލައާއި ގުޅިގެން، ބައްސާމް އަމީން ރެވެނިއުއިން ގަތް ޕެންޓު ހައުސް މިދިޔަ އަހަރުން ފެށިގެން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކަރެކްޝަނުން 11:00 ގައި ބައްސާމް ކޯޓަށް ގެންނާނެ ކަމަށް އަންގާފައިވާތީ އެ އަޑުއެހުން ކެންސަލް ކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް