އެންމެން އަތުކުރި މި އޮޅަނީ ކީއްވެޔޯ ؟
ފޭސްބުުކުން ވެސް ޓިކްޓޮކްއިންވެސް، ރީލްތަކުން މި ފެންނަނީ އެންމެން އަތުކުރި އޮޅާލާ މަންޒަރެވެ.
އެކި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ބޭފުޅުން އުޅަނބޮއްޓާ ހަމައަށް އެއް އަތުކުރި އޮޅާލާ މަންޒަރުތަކެވެ.
އަތުކުރި އޮޅާލަމާގެ ނަމުގައި ކެމްޕެއިންނެއް ފަށާފައިވާއިރު، އެންމެންގެ ހިތުގައިވެސް އުފެދޭ ސުވާލަކީ އެއީ ކޮންކަމަކާ ގުޅުން ހުރި ކެމްޕެއިނެއްތޯއެވެ.
އަންހެނުންނާ ފިރިހެނުން އަތުގެ މުލައްދަނޑިއާ ހަމައަށް އަތުކުރި އޮޅަމުން ދާއިރު، ސިއްހަތާއި ބެހޭ ވުޒާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ޔުނީފޯމުގައި ތިއްބެވި ސިފައިންނާއި، އަދި ޕީއެސްއެމްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރުވެސް މި ރީލްތަކުން ފެނެއެވެ.
މި ކެމްޕޭނުގެ މައުލޫމާތު ހޯދުމަށް މީޑިއާތަކުން ގުޅުމުން ބުނީ، މި ކެންޕޭނުގެ މައުލޫމާތު ވަރަށް އަވަހަށް އެނގޭނެ ކަމަށެވެ. އިތުރު މައުލޫމާތެއް ދީފައި ނުވާތީ، ކެތްމަދުވެ ތިބެ ޖެހޭނީ އިންތިޒާރުކޮށްލައްވާށެވެ.