މި ރޯދަމަހުވެސް މަސްދަޅުކޭސް ލިބޭނެ - ކަރަންޓު ބިލު 400 އަށްވުރެ ބޮޑެއް ނުވާނެ: ރައީސް މުޢިއްޒު
ކޮންމެ ރަމަޟާން މަހެކޭ އެއްފަދައިން މި އަންނަ ރަމަޟާން މަހުވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޭނެ ކަމަށާއި ކަރަންޓު ބިލު ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، މިރޭ ބޭއްވުނު ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް މަސްދަޅު ކޭސް ލިބޭނެ، އަދި އޭގެ އިތުރަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މި އަންނަ ރަމަޟާން މަހު ނަގާނީ އެންމެ 400 ރުފިޔާ.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ރަމަޟާން މަހަކުވެސް ރައްޔިތުންނަށް ފަސޭހަ ގޮތްގޮތް ފަހިކޮށްދިނުމުގެ ގޮތުން މި ރަމްޟާން މަހުގެ ބިލަށް، 400 ރުފިޔާ އަށް ވުރެއިން އިތުރަށް ރުފިޔާ ނުނަގާނެ ކަމަށެވެ.
ކަރަންޓު ބިލު ބޮޑުވާ މައްސަލައަކީ ކޮންމެ ރަމަޟާން މަހެއް ހެން އެތައް ބަޔަކު ޝަކުވާ ކުރަމުން އަންނަ މައްސަލައެކެވެ. އާއްމު މަސް މަހަށް ވުރެން ރަމަޟާން މަހުގެ ބިލް ދެގުނައަށް ބޮޑުވެ އެތައް ރައްޔިތަކު މީގެ ކުރިން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.