ބޮޑު މަންޒަރު ދައްކާލައި ހެދިގޮނޑުދޮށް ސަރަހައްދުން ހެންވޭރު ދަނޑާ ހަމައަށް ފުރާލައިފި
ސަރުކާރަށް އޮތް ތާޢީދު ދައްކާލައި ހެދިގޮނޑުދޮށް ސަރަހައްދުންގޮސް ސަޕޯޓަރުން ހެންވޭރު ދަނޑާހަމައަށް ފުރާލައިފިއެވެ.
މިއީ ސިޔާސީ މަސްރަޙުގައި ރެކޯޑެއްކަމުގައި ވެރިކަންކުރާ ޕާޓީ، ޕީއެންސީން ޤަބޫލު ކުރެއެވެ.
17 ނޮވެމްބަރަށް ސަރުކާރަށް ދެ އަހަރު ފުރޭއިރު މި ސަރުކާރަށް ތާޢީދުއޮތްކަން އަންގައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މަތިންނާއި ތިރިން މީހުން ވަނީ މާލެއަށް އިއްޔެއާއި މިއަދު ދަތުރުކޮށްފައެވެ.
ޖަލްސާ ފެށިގެން މިހާރު ކުރިއަށްދާއިރު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވީ ޖަލްސާގައި 13 ހާސް ރައްޔިތުން ބައިވެރިވަމުން އަންނަ ކަމަށެވެ.