Advertisement

ޕީއެންސީގެ ބޮޑު ހަރަކާތައް ގިނަ އަދަދެއްގެ ސްޓާރުންވެސް ދާނެ ކަމަށް ބުނެފި

12 Nov 2025 | 14:22
-

ޕީއެންސީން މި މަހު 14 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިިވާ ބޮޑު ހަރަކާތައް އެ ޕާޓީން ވަނީ ޙާއްސަ ކެންޕޭނެއް ފަށާފައެވެ.

އެގޮތުން "މަވެސް ދާނަން" ނަމުގައި ގިނަ އަދަދެއްގެ ރީލްތައް ސޯސަލް މީޑިއާ ފުރާލާފައި ވާއިރު މި ރީލް ތަކުން ދިވެހި މަޝްހޫރު ފިލްމީ ތަރިންނާއި، ޓިކްޓޮކް ތަރިން އަދި އެކި ދާއިރާ ތަކުގެ ބޭފުޅުންވެސް ދަނީ ފެންނަމުންނެވެ.

Advertisement

ޕީއެންސީން ބުނީ މި ހަރަކާތަކީ އެ ޕާޓީން ވެރިކަން ލިބުނު ފަހުން ބާއްވާ އެންމެ ބޮޑު ހަރަކާތައް ވެގެން ދާނެ ކަމަށެވެ. މި ހަރަކާތުގައި ބައިވެރި ވުމަށް އަތޮޅުތެރޭން ވެސް މީހުން މާލެ އަންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މި ހަރަކާތުގެ މަގްސަދަކީ މި ސަރުކާރުން ގެނެސްފައިވާ ކުރިއެރުންތައް ފާހަގަކޮށް އެކަންކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވުން ކަމުގައި ޕީއެންސީން ވަނީ ބުނެފައެވެ.

ޕީއެންސީން 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ބައިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް