Advertisement

ޖުމްހޫރީ ދުވަސް: ރައީސްގެ ދުވަސް ފެއްޓެވީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވާނެކަމުގެ ވަޢުދު އާކުރައްވަމުން

11 Nov 2025 | 09:29
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވޭ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ކިޔުމަށް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

Advertisement

ރައީސް ވިދާޅުވީ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ ﷲގެ ވާގިފުޅާއިއެކު އިހުލާސްތެރިކަމާއި އެކުގައި ކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ރައްުޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތަކެއް ގައުމަށް ހޯދައިދޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ޖުމްހޫރީ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 11 ވަނަ ދުވަހެވެ.

 M<?

|








































Advertisement

ކޮމެންޓް