Advertisement

އަލްވަދާއުގެ ޓްރޭލާ ރިލީޒް ކޮށްފި- ލިބިދާނެ ނަފްސާނީ ގެއްލުމަށް ފިލްމުގެ ޓީމުން ޒިންމާއެއް ނުނަގާނެ

10 Nov 2025 | 09:33
ޓީޒަރ ރިލީޒްކޮށްފައިވަނީ މިއަދު ހެނދުނު 10 ޖެހި އިރު -

މިއަހަރުގެ ޑިސެންބަރު މަހު އެއް ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރު ވަމުންދާ ޑާރކް ރެއިން އެންޓަޓެއިމަންޓްގެ ފިލްމް "އަލްވަދާއު" ގެ ޓްރެއިލަރ ރިލީޒް ކޮށްފިއެވެ.

އަލްވަދާއުގެ ޓީމުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ، ޓްރޭލާ އާއްމުކޮށް ރިލީޒްކުރުމުގެ ކުރިން ބައެއް ބޭފުޅުންނަށް ޓްރޭލާ ދައްކާލުމުން އެމީހުންގެ ރިއެކްޝަން ހުރި ގޮތުން "އަލްވަދާއު" ޓީމްގެ ފަރާތުން ބެލުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށެެވެ.

Advertisement

އަލްވަދާއުގެ ޓްރޭލާ މިއަދު ނެރެފައިވާއިރު، އެ ޓީމުން މިހާތަނަށް ޓްރޭލާ ދައްކާލި ފަރާތްތަކުން ބުނާގޮތުގައި މި ފިލްމުގެ ސަބަބުން ކުއްލި ޖަޒުބާތީ އިހުސާސްތައް ކުރެވުމާއި، މާޒީގެ ހަނދާންތައް އާވުން އަދި، ހަޔާތުގެ ކުރީގެ ހިތްދަތި ސަފުހާތައް އަލުން ހުޅުވުމުގެ ފުރުސަތު އޮތް ކަމަށް ޑާރކް ރެއިން އިން ބުންޏެވެ. 

"

ފިލްމުގެ ސަބަބުން ކުރިމަތިވެދާނެ ޖަޒުބާތީ ކާރިސާތަކަށާއި، ލޮލުން އޮހޮރިދާނެ ކަރުނަޔަށާއި، މާޒީގެ ހިތްދަތި ސަފުހާތައް ހުޅުވި ލިބިދާނެ ނަފްސާނީ ގެއްލުމަށް ޑާކް ރެއިން އިން ޒިންމާވެވެން ނެތް ކަމުގައި ދަންނަވަން

ފިލްމް އަލްވަދާއު ޓީމް

މީގެއިތުރުން މި ފިލްމް ބަލަން އަންނަ އިރު ޓިޝޫ ހިފައިގެން އައުމަށް އަލްވަދާއު ޓީމުން ވަނީ ބެލުން ތެރިންނަށް އިރުޝާދު ދީފައެވެ.

"އަލްވަދާއު"ގެ ޓްރޭލާ ރިލީޒް ކުރުން މިއަދު 10:00 ޖަހާ އިރަށް ތާވަލްކުރެވިފައިވާ ކަމަށް އެ ޓީމުން ވަނީ އިއުލާނު ކޮށްފައެވެ.

Advertisement

ކޮމެންޓް