Advertisement

ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއަކާއި ޑޮލަރު ކައުންޓަރެއް ހުޅުވައިފި

10 Nov 2025 | 09:14
ހަނިމާދޫ އައު ޓާމިނަލް ހުޅުވުން- ފޮޓޯ: ޕީއެސްއެމް

ބޭންކް އޮފް މޯލްޑިވްސް އިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށްފިއެވެ.

މި ޚިދުމަތްތައް ފަށްޓަވައިދެއްވީ ރޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

Advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ، މި ޚިދުމަތާއި އެކު މި ފެންނަނީ ބީއެމްއެލްއިން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ދިނުމަށް ދޭ އަހައްމިއްޔަތު ކަމަށެވެ.

"ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާއިއެކު ޑޮލަރު އޭޓީއެމްވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން." 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް   

ބީއެމްއެލްއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ.

Advertisement

ކޮމެންޓް