Advertisement

އަލްހާން އަނެއްކާވެސް ސްކީމެއް އިޢުލާނުކޮށްފި - ތިން މަހުން ލައްކައެއް ހެދޭނެ ކަމަށް ބުނޭ

09 Nov 2025 | 11:40
އަލްހާން ފަހްމީ - ފޮޓޯ: އަލްހާން ފޭސްބުކް ޕޭޖް

އަލްހާން އަނެއްކާވެސް ފޮރެކްސް ޓްރޭޑިންގެ ސްކީމެއް އިއުލާނުކޮށްފިއެވެ.

އަލްހާން ފަހުމީ ހިންގަމުން އައި އޮންލައިން ޓްރޭޑިންގ، ކިންގްސް ކެޕިޓަލް ހުއްޓުމަކަށް އައިސް ވަނިކޮށް އެކަމަަށް އޭރު އިންވެސްޓްކުރި މީހުންނަށް އޭނާ ބަދަލު ދީފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ.

Advertisement

މިކަމާ ގުޅިގެން އަލްހާން އެކްގައި ކުރި ޕޯސްޓެއްގައި ބުނީ، ދައުލަތުގެ ބައެއް މުއަސަސާތަކުން ގާނޫނީ އިމުން ބޭރުން އޭނާ ހިންގަމުން އައި އޮންލައިން ފޮރެކްސް ޓްރޭޑިންގް މަަސައްކަތް ހުއްޓުވުމުން ލިބުނު ގެއްލުން 300 މިލިއަނަށްވުރެ މަތި ކަމަށެވެ.

މި މައްސަލައިގައި ޕީޖީން ބުނީ އެ ކުންފުނިން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ސްކީމާއި ގުޅިގެން ޓެކުމުގެ ކުށުގެ 13 ދައުވާ 2023 ވަނަ އަހރުގެ ނޮވެމްބަރު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ދައުވާ ކޯޓު މަރުހަލާގައި ހިނގަމުން ދަނިކޮށް، ދައުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލުދީ ހަލާސްކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖާކޮށްދިނުމަށް ދައުވާލިބޭ ފަރާތްތަކުން އެދުނުކަމަށެވެ. އަދި އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް މައުލޫމާތު ސާފުކުރި އިރު ، އެ މައްސަލައިގައި ބަދަލުލިބިދޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ޕީޖީން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

އެ މައްސަލަ ނިމުމާއި އެކު އަލްހާން އަނެއްކާވެސް އޭނާގެ ސޯސަލް މީޑިއާ އެކައުންޓް ތަކުގައި މިވަނީ ފޮރެކްސް ޓްރޭޑިންގެ އައު ސްކީމެއް ފެށުމަށް އިއުލާނު ކޮށްފައެވެ.

އެގޮތުން، ތިން މަސް ތެރޭ ލައްކައެއް ހެދޭނެ ކަމަށް އޭނާ ކުރި ޕޯސްޓެއްގައި ވެއެވެ.

Advertisement

ކޮމެންޓް