Advertisement

ކެޓްރީނާއަށް ދަރިއަކު ލިބުމުން ރާއްޖެއިން ތަހުނިޔާ ކިޔައިފި

09 Nov 2025 | 10:17
ކެޓްރީނާ ކައިފަކީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު -

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފާއި ވިކީ ކޯޝަލަށް ފިރިހެން ކުއްޖަކު ލިބުމުން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ކެޓްރީނާ ވިހެއުމުގެ ޚަބަރު ކެޓްރީނާގެ ފިރިމީހާ ވިކީ އިއުލާނުކުރީ އިއްޔެގެ ވަގުތެއްގައި އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓު ގައެވެ.

Advertisement

ކެޓްރީނާއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ހަދައިފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސެޑަރެވެ. ވިޒިޓް މޯލްޑިވްސްއިން ކުރި ޕޯސްޓެއްގައި ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔައިފައެވެ.

ކެޓްރީނާ ވިހެއި ޚަބަރު އިއުލާނު ކުރުމާ އެކު ގިނަ ބޮލީވުޑްތަރިންނާއި އޭނާގެ ފޭނުންވެސް ވަނީ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.

ދަރިއަކު ލިބުމުގެ އުފަލުގައި ވިކީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގައިވަނީ  ދެ މީހުންގެ ދިރިއުޅުމަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން ވަގުތު އައިސް ޖެހިއްޖެ ކަމަށާއި ދަރިފުޅަށް މަރުހަބާ ކިޔަނީ ލޯތްބާއި ނިމުމެއް ނެތް ހެޔޮ ދުއާތަކާ އެކު ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ކެޓްރީނާ ބަލިވެއިންކަމަށް ބުނެ، ވާހަކަތަކެއް ފެތުރިި ނަމަވެސް އެ ދެމަފިރިން އެކަން ރަސްމީކޮށް އިއުލާނު ކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މިކަން އިއުލާނު ކުރުމަށް ވިކީ އޭނާގެ އިންސްޓަގްރާމްގައި ބުނީ، ދެމަފިރިންގެ ދިރިއުޅުމުގެ އެންމެ އުފާވެރި 'ޗެޕްޓާ' ފެށުމަށް ތައްޔާރު ކަމަށާއި މުޅި އާއިލާއަށް ވެސް އެއީ ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

Advertisement

ކޮމެންޓް