Advertisement

އަމިއްލަ ކުންފުނިތަކަށް 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫޢު - އަނެއްކާވެސް ރެކޯޑެއް

06 Nov 2025 | 11:25
މިއަދުގެ ރަސްމިއްޔާތުގައި މާލީ ވަޒީރު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުގެ ގޮތުގައި ހިންގާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި އެވެ.

މިއަދު ބާސެލާސް ނަސަންދުރަ ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި 206 މަޝްރޫއެއް އަމިއްލަ 53 ކުންފުންޏަކަށް ހަވާލުކޮށްފައިވެއެވެ. ހަވާލުކުރި މަޝްރޫއުތަކުގެ އަގު 2.7 މިލިއަންއަށް ވުރެން ގިނަ ރުފިޔާ އަރައެވެ.

Advertisement

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި މަޝްރޫއު ތަކުގެ އެއްބަސްވުމުގައި ސޮއި ކުރީ މަޝްރޫއުތައް ނިސްބަތްވާ މިނިސްޓްރީ ތަކުގެ ވެރިންނެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކު ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީއާ ގުޅުންހުރި ދާއިރާއިންނެވެ. އެ ދާއިރާއަށް 52 މަޝްރޫއު ހަވާލުކޮށްފައިވެ އެވެ.

މީގެއިތުރުން ފިޝަރިޒް ދާއިރާއަށް ދެ މަޝްރޫއު، އިސްލާމިކް އެފެއާސްއަށް 14 މަޝްރޫއު، ޓޫރިޒަން އެންޑްް އެންވަޔަރުމަންޓް ދާއިރާއަށް 24 މަޝްރޫއު، ހޯމްލޭންޑް ސެކިއުޓީއަށް 39 މަޝްރޫއުއެއް، އެޑިއުކޭޝަން ދާއިރާއަށް 26 މަޝްރޫއުއެއް އަދި ސިއްޙީ ދާއިރާއަށް 26 މަޝްރޫއެއް، ހަޔާ އެޑިއުކޭޝަން ލޭބަ އެންޑް ސްކިލްސްގެ ފަސް މަޝްރޫއު، ކޮންސްޓްރަކްޝަން މިނިސްޓްރީއަށް 13 މަަޝްރޫގެ އިތުރުން، ޔޫތު އެންވަޔަރުމަންޓް އެންޑް އާޓްސް ދާއިރާއަށް އެއް މަޝްރޫއު ހަވާލުކޮށްފައިވެއެވެ.

މި މަޝްރޫއު ތަކުގެ ޖުމްލަ އަދަދީ 206 އެކެވެ.

Advertisement

ކޮމެންޓް