Advertisement

މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ގޮވާލާ ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފި

05 Nov 2025 | 10:15
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް - ފޮޓޯ: މަޖިލިސް

މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެކަމާއި ގުޅިގެން  މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނީ ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަދީ މިދިޔަ ހޮނިހިރު ދުވަހު އެކަމާބެހޭ ގަވާއިދު ސަރުކާރުން އާންމުކުރުމާ ގުޅިގެންނެވެ.

Advertisement

ފިޝަރީޒް މިނިސްްޓްރީ މިދިޔަ ހޮނިހިރު ދުވަހު ވަނީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު" އަށް ގެނައި ތިންވަނަ އިސްލާހާއި، "ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު" އަދި "ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" ގެޒެޓްކޮށްފައެވެ.

މި އިސްލާހާއި އެކު "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު" އަށް ގެނައި އިސްލާހުގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި އުޅެވޭނީ ފިޝަރީޒް މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށެވެ.

އެހެން ނަމަވެސް ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ދޫކޮށްފައިވާ އުޅަނދަކަށް ނުވަތަ ކަނޑުމަސް ޕްރޮސެސްކުރުމުގެ ލައިސަންސެއް އޮތް ޕްރޮސެސިން ސައިޓަކަށް ކަށިމިޔަރު މަސްވެރިކަމުގެ ހުއްދަ ދޫނުކުރެވޭނެކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ކަށިމިޔަރު ޕްރޮސެސްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން، ޕްރޮސެސްކުރާ ތަނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސައްހަ ސެޓްފިކެޓެއް އޮންނަންވާނެ ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އަދި ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، ޕްރޮސެސްކުރާ ފަރާތަކީ ދިވެހި ރައްޔިތެއްކަން ނުވަތަ ޕްރޮސެސްކުރާ ފަރާތަކީ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއަކީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން ފިޝަރީޒް މިނިސްޓްރީން ކަށަވަރުކުރަން ޖެހޭ ކަމަށްވެސް ވެއެވެ.

އެގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނ،ީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދި 40 އަށްވުރެ ގިނައިން ހުށަހަޅައިފިނަމަ އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް ދަފުތަރު ކުރަންވާނެ ކަމަށާއި ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުންކަމަށް އެ ގަވައިދުގައިވެއެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ލައިސަންސްގެ މުއްދަތަކީ، ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފީއެއް ނެގުމަށްފަހުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ލައިސަންސް އާކުރަން ހުށަނާޅައިފި ނަމަ، ލައިސަންސް ދޫކުރެވޭނީ ދަފުތަރު ތަރުތީބުންނެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވައިދު ތެރޭގައި މަސްވެރިކަންކުރާ އުޅަނދުތަކުގައ،ި ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) އެއް ހަރުކޮށްފައި ބަހަައްޓަންވާނެ ކަމަށާއި ވީއެލްޑީގެ ސުވިޗު އަބަދުވެސް ހުންނަންވާނީ އޮން/ހުޅުވިފައިކަމަށް  ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަސްވެރިކަމަށް ނުނިކުމެ ރަށެއްގެ ބަނދަރުގައި އަޅައިފައި އޮންނަ ހާލަތްތަކުގައި ފިޝަރީޒް މިނިސްޓްރީއަށް ލިޔުމުން އަންގައި، ހުއްދަ ލިބިގެން ވީއެލްޑީ ނިއްވައިލެވިދާނެ ކަމަށްވެއެވެ.

މީގެއިތުރުން ހުއްދަ ލިބިފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ ވީއެލްޑީ އެއްވެސް ސަބަބަކާހުރެ ނިވިއްޖެ ނަމަ ނުވަތަ ފިޝަރީޒް މިނިސްޓްރީއަށް އެ އުޅަނދުގެ ޖީޕީއެސް ޕޮޒިޝަން ނުފެންނަކަމަށް އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ނުވަތަ ކެޔޮޅަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް މިނިސްޓްރީން އަންގައިފި ނަމަ، އުޅަނދު އޮތް ސަރަހައްދު، އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ހަރަކާތުގެ މައުލޫމާތު ކޮންމެ ހަތަރު ގަޑިއިރުން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވަން ޖެހޭނެ ކަމަށް މިނިސްޓްރީން ނެރުނު ގަވައިދުތަކު ތެރޭގައި ވެއެވެ.

Advertisement

ކޮމެންޓް