Advertisement

ގެސްޓްހައުސް މެނޭޖްމަންޓް ކޯސް ނިންމައި ކޯހުގެ ބައިވެރިންނަށް ސެޓިފިކެޓު ދީފި

04 Nov 2025 | 10:47
ސެޓިފިކެޓް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޔޫތު މިނިސްޓްރީ

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

އއ. އުކުޅަސްގައި ހިންގި މި ކޯސް ފުރިހަމަ ކުރި 13 ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ  މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޖަވާޒްއެވެ. 

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް ޔޫތު މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަގްސަދުގެ ތެރޭގައި ކޮންމެ ޒުވާނަކީވެސް ހުނަރުވެރި މަސައްކަތެއް ކުރަން ދަންނަ ޒުވާނަކަށް ހެދުމާއި ސްކޫލް މަރުހަލާ ނިންމާފަ ނުވަތަ ތަފާތު އެކި ސަބަބުތަކާއި ހުރެ ސްކޫލް މަރުހަލާ ނުނިންމާ ވަކިވެފައި ތިބި ޒުވާނުންނަށް ހާއްސަ ހުނަރެއް ދަސްކޮށްދިނުން އަދި ޒުވާނުންނަށް ވަޒީފާ ހޯދުމަށް އިތުރު ދޮރެއް ހުޅުވައިދީ އަދި އަމިއްލަ މަސައްކަތެއް ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް