Advertisement

އައު ޓާމިނަލް އިންތިހާ ފިނިކަމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

02 Nov 2025 | 10:47
ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފައިލް ފޮޓޯ: ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިންތިހާއަށް ފިނިކަމުން ރައީސް ނަޝީދު އެކަމާއި މެދު ކަންބޮޑުވެއްޖެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީީދު "އެކްސް" ގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، އައު ޓާމިނަލްގެ ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.

Advertisement

އެތަނުގެ ފިނިހޫނުމިން 20 އާއި 25 އާއި ދެމެދުގެ ޑިގްރީގައި ބެހެއްޓުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެތަނުގެ ފިނިހޫނުމިން 15 ސެލްސިއަސް ޑިގްރީގައި ބެހެއްޓުމަކީ ކުރެވޭ ބޭކާރު ހަރަދެއް ކަމުގައި ނަޝީދު ވިދާޅުވެފައިވެއެވެ.

ޒަމާނީ ފެންވަރަށް މިދިޔަ ޖުލައި 26 ވަނަ ދުވަހު ހުޅުވި އައު ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. އައު ޓާމިނަލްއަށް ހުރިހާ އެއާލައިނެއް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން އަދިވެސް ދަނީ ކުރަމުންނެވެ. މި ޓާމިނަލަކީ  78 ހާސް އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ.

Advertisement

ކޮމެންޓް
ބަލާބަލަބަ
މީނާއަކީ ވަރަށް ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކާ މީހެއް. އެކަމަކު މި ދެއްކީ ރަގަޅު ވާހަކައެއް ތޯއްޗެއް.
02 Nov 2025