Advertisement

ލޭބާރ ޕާޓީ އުވާލީ ޤާނޫނާ ހިލާފަށް ކަމަށް ނިންމާ، އެ ޕާޓީ އަލުން އިއާދަކޮށްފި

02 Nov 2025 | 09:13
ލޭބަރ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ދުވަސް -

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ޤާނޫނާ ޚީލާފަށް ކަމަށް ސިވިލްކޯޓުން ހުކުމްކުރުމުން އެ ޕާޓީ އަލުން އިއާދަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން އެ ޕާޓީ އިއާދަކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Advertisement

2023 ވަނަ އަހަރު ލޭބަރ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީއެވެ. އެ ޕާޓީ އުވާލި އިރު ޕާޓީގައި ތިބީ 2556 މެންބަރުންނެވެ. ސިވިލް ކޯޓުގެ ހުކުމާއި އެކު އިލެކްޝަނުން ޕާޓީ އިއާދަކުރި އިރު ޕާޓީގައި މިހާރު ތިބީ 1874 މެންބަރުންނެވެ. އެއީ އެ ޕާޓީ އުވާލުމާ ހަމައަށް ތިބި މެންބަރުންގެ ތެރެއިން އެހެނިހެން ޕާޓީތަކަށް މިހާރު ސޮއި ކޮށްފައިވާ މެންބަރުން އުނިކޮށްފައި ކަމަށް އިލެކްޝަނުން ބުނެއެވެ.

ލޭބަރ ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ ޕާޓީން ހުށަހެޅި މައްސަލަ ވަނީ މިދިޔަ މަހު ނިމިފައެވެ. ކޯޓުން ވެސް ނިންމީ އެ ޕާޓީ އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

މި ޕާޓީ އިއާދަކުރުމާއި އެކު މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ އަދަދަކީ ނުވައެކެވެ. 

Advertisement

ކޮމެންޓް