Advertisement

ގދ. ގައި މަސައްކަތްކުރާ ފުލުހުންނަށް "ޔޫސް އޮފް ފޯސް ރިފްރެޝާ" ޕްރޮގްރާމް ކުރިއަށްގެންގޮސްފި

28 Sep 2025 | 11:14
ގދ. ގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން -

ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް "ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމް" ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެންބަރު މަހުގެ 25 އިން 26 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ މުހިންމު ޕްރޮގްރާމެއްކަމަށް ފުލުހުން ބުނެއެވެ.

Advertisement

ގދ. އަތޮޅުގެ އެކި ރަށްރަށުން 31 ފުލުހުން ބައިވެރިވި މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެދަށަށް މީހުން ގެނައުމުގައި އަމަލުކުރާނޭ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށްދިނުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވޭ 

ފުލުހުން ބުނެފައިވެއެވެ.

ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުންނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް