Advertisement

ޢައްޒާ މަސްރަޙް: ފަލަޞްޠީނުކިޔާ ދައުލަތެއް ނޯންނާނެކަމަށްބުނެ ނަތަންޔާހޫ ބޮޑެތި ޤައުމުތަކަށް ގޮންޖަހައިފި

22 Sep 2025 | 06:25
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ - ފޮޓޯ: އޭއެފްޕީ/ ގެޓީ އިމޭޖަސް

އިއްޔެއަކީ ފަލަޞްޠީނު މަސްރަޙުގައި ތަސައްލީއެއް ލިބުނު ދުވަހެކެވެ.

ހުޅަނގުގެ ބޮޑު ހަތަރު ޤައުމަކުން ފަލަޞްޠީނަކީ މިނިވަން ވަކި ޤައުމެއްގެ ގޮތުގައި ބަލައިގަންނަން ނިންމައި އެކަން އިޢުލާނުކުރިއެވެ.

Advertisement

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި ޕޯޗުގަލުން ނިންމި އެ ނިންމުމާއިއެކު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއްޖެކަން ހާމަވާފަދަ ވާހަކަތަކެއް ހަމަ އިއްޔެ މިވަނީ ދައްކާފައެވެ.

އެގޮތުން ބޮޑެތި އެ ޤައުމުތަކުގެ ނިންމުމަށް ގޮންޖަހަމުން ނަތަންޔާހޫ ބުނެފައިވަނީ ފަލަޞްޠީނަކީ މިނިވަން ދަޢުލަތަކަށް ވުން އެއީ ހަމަ ހިލާ ވާނެ ކަމެއް ނޫން ކަމަށާއި ޢުރުދުންގެ އައްސޭރީގައި އެބުނާ ދަޢުލަތެއް ޤާއިމުވިޔަ ނުދޭނެ ކަމަށެވެ.

ނަތަންޔާހޫ ބުނެފައިވަނީ އެއީ ހުޅަނގުގެ ޤައުމުތަކުން ޓެރަރިޒަމަށް ދިން އިނާމެއް ކަމަށާއި އެއީ އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިސްރާއީލަށް ދިން ހަމަލަ ބަލައިގަތުން ކަމަށެވެ.

އެ ޤައުމުތަކުން ފަލަޞްޠީނު ބަލައިގަތް ބަލައިގަތުމަކީ އިސްރާއީލު ވުޖޫދުގައި އޮތުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް ނަތަންޔާހޫ ސިފަކޮށްފައިވެއެވެ.

ކޮންމެއަކަސް ނަތަންޔާހޫގެ އެ ވާހަކަތަކުން، ހާސްކަމެއް ކުރިމަތިވެފައިވާކަމުގެ އިހުސާސް ކުރެވުނު ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެކި ހަމަލަތަކުގައި ފަލަޞްޠީނުގެ 40 މީހަކު ސަހީދުވެފައިވެއެވެ.

Advertisement

ކޮމެންޓް