Advertisement

ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުމެއް ނުކުރަން: ފުލުހުން

18 Sep 2025 | 14:40
އަންގާރަދުވަހު މީޑިއާ ބިލާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން..

މީޑިއާ ބިލާގުޅިގެން ރައްޔިތުން މަޖިލީސް ކުރާ ގޭދޮށުގައި މިދިޔަ އަންގާރަދުވަހު ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުމެއް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މައްޗަށް ތުހުމަތުކުރަމުންދާ ކަންތައްތަކާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެދުވަހުގެ ހަރަކާތްތަކުގައި ފުލުހުން ބާރުގެ ބޭނުންކުރި ކަމަށް ފެންނަނީ ވަކި އެންގަލަކުން ނެގި ފޮޓޯތަކަކުން ކަމަށެވެ. އެ ބަޔާނުގައި ފުލުހުން ބުނީ، އެ އޮޕަރޭޝަނުގެ ތެރެއިން އެ ދުވަހު، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ތުހުމަތުތަކަކީ އެއްވެސް ޙަޤީގަތެއްގެ މައްޗަށް ބިނާވާ ވާހަކަތަކެއް ނޫން ކަމަށެވެ.

Advertisement

އެ އޮޕަރޭޝަނުގެ ހުރިހާ މަރުހަލާއެއްގައިވެސް، ފުލުހުން އަމަލުކޮށްފައިވަނީ  އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާނީ އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފުލުހުން ހަރަކާތްތެރިވެފައިވަނީ ޤާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަން ފާހަގަ ކުރަމެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ

ފުލުހުންގެ ބަޔާނުގައި ބުންޏެވެ

ލުހުން ބުނީ އެ ދުވަހު ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ހަދަމުންދާކަމަށެވެ. އެގޮތުން މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމަށް ފުލުހުން ބުންޏެވެ.

Advertisement

ކޮމެންޓް