Advertisement

ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައިފި

26 Aug 2025 | 11:05
ބޭންކް އޮފް މޯލްޑިވްސް އިން ނޮޅިވަރަންފަރުގައި ހުޅުވި ބްރާންޗް - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި މިއަދު އައު ބްރާންޗެއް ހުޅުވައިފިއެވެ.

މި ބްރާންޗުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ.

Advertisement

ބްރާންޗް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެން އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭނުންވާ ފަދަ ޚިދުމަތް ދޭނެ ބްރާންޗެއް މިއަދު ނޮޅިވަރަންފަރުގައި ހުޅުވިގެން ދިޔުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބޭންކިންގ ޚިދުމަތަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެން މި ދަނީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ގެންނަމުން." ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 151 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 209 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބޭންކުން ބުނެއެވެ.

Advertisement

ކޮމެންޓް