އަބްދުﷲ ކަމާލުއްދީ (އޭކޭ) ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި

ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި، އަދި މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީ (އޭކޭ)، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ...

01 Feb 2019 | 10:58

ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި، އަދި މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީ (އޭކޭ)، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވައިފިއެވެ.

އޭކޭ މިކަން އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ކެމްޕޭނަށް ހަދާފައިވާ "އޭކޭ ފޮރ ފޮނަދޫ" ނަމުގައި ހަދާފައިވާ ޓްވީޓާ އެކަންޓުންނެވެ.

އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ﷲގެ އިރާދަފުޅާއެކު ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާނެކަން ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާނު ކޮށްދެއްވިކަމީ ލިބުނު ޝަރަފެއް ކަމަށެވެ.

https://twitter.com/AK4Fonadhoo/status/1091276675784962048

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ މަސައްކަތް ބިނާކުރާނީ ރައްޔިތުންނާ، ސަރުކާރާ، ޕާޓީގެ އުންމީދުތައް ހާސިލް ކޮށްދޭން" ރައީސް ސޯލިހް އަދި ރައީސް މައުމޫން ޓެގް ކުރައްވާ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓް އޭކޭގެ ރަސްމީ ޓްވިޓާ ހޭންޑަލުންވެސް ރީޓްވީޓް ކުރައްވާފައިވާއިރު އެ ޓްވީޓަށް ރައީސް މައުމުން ވިދާޅުވެފައިވަނީ ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވަން ގަސްދުކުރައްވާކަން އިއްޔެ އިއުލާނު ކުރުމަކީ ރައީސް މައުމޫނަށް ލިބިލެއްވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަބްދުﷲ ކަމާލުއްދީނަށް ފުރިހަމަ ކާމިޔާބަކަށް އެދިލައްވާ ކަމަށެވެ.

https://twitter.com/maumoonagayoom/status/1091282063511060480

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް