ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދި، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ކޮމިޝަނު...

27 Aug 2019 | 07:29

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދި، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެ ކޮމިޝަނުގެ 57 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އަބްދުﷲ އަރީފެވެ.

ޖޭއެސްސީން ބުނެފައިވަނީ އެ ފަނޑިޔާރާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި، ތަހްގީގު ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމަށް ނިންމައި، ޝަކުވާ ރައްދުވާ ފަނޑިޔާރަށް ޤާނޫނުގައިވާގޮތުގެ މެތިން ދެވުނު 30 ދުވަހުގެ ފުރުސަތުގައި އެ ފަރާތުން ކޮމިޝަނަށް ލިޔުމުން ދެއްވާފައިވާ ޖަވާބުގައިވާ ކަންތައްތަކަށް ބަލައި، ތަހްގީގު ރިޕޯޓްގެ ނިންމުމަށް ބަދަލެއް ގެންނާނެ  ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން ފަނޑިޔާރު އަބްދުﷲ ދީދީއާމެދު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ބ)ގައިވާ ދައުދީބީ ފިޔަވަޅުކަމުގައިވާ "ފަނޑިޔާރު ވަޒީފއިން ވަކިކުރުމަށް" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް