ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދު ނިންމައިފިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއާއި ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުން އަންނަ ރިޝްވަތުގެ މައްސަލައަކާއި ގުޅިގެންނެވެ. އެއީ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޑަށް ޑޮލަރު ތަކެއް ޖަމާކުރި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންނެވީ ކުރީގެ ރައީސް، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކީ އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި މައްސަލައެވެ. ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވި އިރު ފަނޑިޔާރު ދީދީ ހުންނެވީ ކްރިމިނަލް ކޯޓުގައެވެ.
ރައީސް ނަޝީދުގެ އެ ތުހުމަތު ފަނޑިޔާރު އަބްދުﷲ ދީދީ ދޮގު ކުރައްވައެވެ. ނަމަވެސް މިހާރު އެ މައްސަލަ ފުލުހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް