ހިޒްބުﷲ ޖަމާއަތުގެ ދެމީހެއްގެ ބޮލަށް އެމެރިކާއިން 12 މިލިޔަން ޑޮލަރު ހުށަހަޅައިފި

ލުބުނާނުގެ ހަނގުރާމަމަތީ ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲގެ ދެމީހެއްގެ ބޮލަށް އެމެރިކާއިން 12 މިލިޔަން ޑޮލަރު ހުށަހަޅައިފި އެވެ. މިވަރުގެ ބޮޑު އަދަދެއް ހުށަހަޅާފައިވަނީ އެ ޖަމާއަތުގެ ފޮރިން އޮޕަރޭޝަންސްގ...

11 Oct 2017 | 23:10

ލުބުނާނުގެ ހަނގުރާމަމަތީ ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲގެ ދެމީހެއްގެ ބޮލަށް އެމެރިކާއިން 12 މިލިޔަން ޑޮލަރު ހުށަހަޅައިފި އެވެ.

މިވަރުގެ ބޮޑު އަދަދެއް ހުށަހަޅާފައިވަނީ އެ ޖަމާއަތުގެ ފޮރިން އޮޕަރޭޝަންސްގެ ވެރިޔާ ތަލާލް ހާމިޔާ އާއި މިލިޓަރީ އޮޕަރޭޝަންސް ޑިޕާޓްމެންޓުގެ ވެރިޔާ ފުއާދު ޝުކުރުގެ ބޮލަށެވެ.

އެގޮތުން ތަލާލް އުޅޭ ތަނެއް ނުވަތަ ތަލާލްއާއި ބެހޭގޮތުން މުއުތަބަރު މައުލޫމާތެއް އެމެރިކާގެ އިންޓެލިޖެންސާއި ހިއްސާކޮށްފިނަމަ އިނާމެއްގެ ގޮތުގައި 7 މިލިޔަން ޑޮލަރު ހުށަހަޅާފައި ވެ އެވެ. އަދި ފުއާދު ޝުކުރުގެ މައުލޫމާތު ހިއްސާ ކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 5 މިލިޔަން ޑޮލަރު ހުށަހަޅާފައި ވެ އެެވެ.

މިއީ ފާއިތުވި 10 ވަރަކަށް އަދަދުގެ ތެރޭގައިވެސް ހިޒްބުﷲ ޖަމާއަތުގެ ބައެއްގެ ބޮލަށް އެމެރިކާއިން އަގެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

މި ދެމީހުންގެ ބޮލަށް 12 މިލިޔަން ޑޮލަރު ހުށަހަޅާފައިވާއިރު މީގެ ކުރިން އެމެރިކާއިން ވަނީ އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަގުދާދީ އާއި އަލްގައިދާ ޖަމާއަތުގެ ސީރިޔާ ބްރާންޗްގެ ކޮމާންޑަރު މުހައްމަދު ޖޮލާނީގެ ބޮލަށްވެސް އިނާމު ހުށަހަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް