ދެ ހާދިސާގައި ގެއްލުނު ދެމީހުންވެސް ފެނިއްޖެ – އަލްހަމްދުލިﷲ ދެމީހުންގެ ހާލުވެސް ރަނގަޅު

ތަފާތު ދެ ހާދިސާއެއްގައި ހުއިފިލަނޑާ ނަގަން ފޭބި ދެމީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، މި ދެމީހުންވެސް މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އަލްހަމްދުލިﷲ ދެމީހު...

16 Jan 2019 | 09:10

ތަފާތު ދެ ހާދިސާއެއްގައި ހުއިފިލަނޑާ ނަގަން ފޭބި ދެމީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، މި ދެމީހުންވެސް މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އަލްހަމްދުލިﷲ ދެމީހުންގެ ހާލުވެސް ރަނގަޅެވެ.

ފުރަތަމަ ހާދިސާގައި ގެއްލުނީ ރ ދުވާފަރު ފެހިހިޔާގޭ އުމުރުން 32 އަހަރުގެ އަބްދުﷲ އާދަމެވެ. އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ 10:30 ހާއިރުގައެވެ.

"ރ ދުވާފަރު އަންބަރާ ދޯނިން ލަނޑާ ނެގުމަށް ފޭބި ދެމީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ރ. ދިއްކުރެއްދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ހުއްޓާ މިއަދު 12:00 ހާއިރު ފެނިއްޖެ އެމީހާ ފެނުނު އިރު ހާލު ރަނގަޅު" މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދެވަނަ ހާދިސާގައި ގެއްލުނީ ނ. މިލަދޫ އުމުރުން 24 އަހަރުގެ އަބްދުﷲ ޝާމިން އެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މެންދުރު 12:14ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އޭނާ ލަނޑާ ނަގަން ދިޔައީ "މަލަކް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ފެނިފައިވަނީ މެންދުރު 01:43 ހާއިރު އެ ސަރައްދުގައި ހަރަކާތްތެރިވި ނ.މިލަދޫ ޑިންގީއަކަށް ކަމަށެވެ. ފެނުނު އިރު އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް