ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް އައްޔަނުކުރަން ފަތުހުﷲއާ ނާޝިދުގެ ނަން ފޮނުވައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަންގެ މަގާމަށް އައްޔަން ކުރެއްވުމަށް ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައީސް އިބްރާހީމް މުހައްމަ...

14 Oct 2019 | 05:41

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަންގެ މަގާމަށް އައްޔަން ކުރެއްވުމަށް ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަމުގެ ތެރެއިން ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެވެ. ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރެވެ. އޭނާއަކީ މެދުކެނޑުމެއް ނެތި 18 އަހަރު ކަސްޓަމްސްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފަތުހުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ.

މީރާގެ އިސް މަގާމުތައް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ދާދިފަހުން ސަރުކާރުން ގެނައި އިސްލާހަކުން މީގެކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ. މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް