މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ބްރޯޑްކޮމް އަށް ކުރިމަތިލައްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ބްރޯޑްކާސްޓިން ކޮމިޝަނަށް އަށް ކުރިމަތިލައްވައިފިއެވެ. ޖުމްލަ 36 މީހަކު ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލާފައެވެ. އެ ނަ...

28 Aug 2019 | 04:53

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ބްރޯޑްކާސްޓިން ކޮމިޝަނަށް އަށް ކުރިމަތިލައްވައިފިއެވެ.

ޖުމްލަ 36 މީހަކު ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލާފައެވެ. އެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރޭ ވަނީ ފޮނުވާފައެވެ.

ރައީސުލްޖުމްހުރިއްޔާ ފޮނުވި ލިސްޓުގެ، އެމަނިކުފާން އިސްކަންދެއްވި ގޮތަށް ބަލާއިރު ހިދާޔަތުﷲ އަށް ލިބިވަޑައިގަންނަވަނީ 25 ވަނައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމާއި، ގ. ޑޭޒީފަހި، މުހައްމަދު ހިލްމީގެ ނަމެވެ.

ހިދާޔަތުﷲ ވިދާޅުވީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލެއްވީ ފާއިތުވެދިޔަ އަހަރުތަކުގައި އެ ކޮމިޝަންގެ ކަންކަން ހިނގައި ދިޔަ ގޮތުން އެ ތަން ރަނގަޅު ކުރަން ބޭނުންވާތީ ކަމަށެވެ.

ހިދާޔަތުﷲ މޯލްޑިވްސް މީޑީޔާ ކައުންސިލަށް ކުރިމަތިލެއްވީ ހަފްތާ އޮންލައިންގެ ފަރާތުންނެވެ. ހިދާޔަތުﷲ އާ އެކުގައި އެ ކައުންސިލްގައި 15 މެމްބަރުން ތިއްބަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް