ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން ބުނީ އިއްޔެ އެ ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ނިންމާފައިވަނީ ކޮމިޝަނަށް ހުށަހެޅިފައިވާ18 މައްސަލައިގެ ތެރެއިން ހަތަރު މައްސަލައެއް ބަލަން ކަމަށެވެ. އޭގެ ތެރޭގައި އިސްގާޒީ އަބްދުﷲ އަލީގެ މައްސަލަ ވެސް ހިމެނެ އެވެ.
ދެން އެ ކޮމިޝަނުން ނިންމާފައިވަނީ އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރާއި ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިން އަބްދުލް ހަކީމާއި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާގެ މައްސަލަ އެކެވެ.
ފަނޑިޔާރު އަބްދުﷲ އަލީ އާއި އަނެއް ތިން މެޖިސްޓްރޭޓުންނާއި ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ. މީގެ ތެރެއިން އަބްދުޑ އަލީގެ ފުރަތަމަ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް