ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ އަރީފަށް

ސުޕްރީމް ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ބޭއްވުނު ކޮމިޝަންގެ 80...

13 Nov 2019 | 12:46

ސުޕްރީމް ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ބޭއްވުނު ކޮމިޝަންގެ 80 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ކަމަށާއި އެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދުން ފެށިގެން ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރަން ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައިވަނީ މިއަދުން ފެށިގެން 60 ދުވަހަށެވެ. އުއްތަމަ ފަނޑިޔާރާއެކު ފަނޑިޔާރު އާދަމް މުހައްމަދުވެސް 60 ދުވަހަށް ސަސްޕެންޑް ކޮށްފައިވެއެވެ. އަދި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް