ބިރުވެތި ވަނީ ހަމަ އެކަނި ﷲ އަށް، ރައްޔިތުންގެ އަމާނާތަށް ހިޔާނާތްތެރިވާ މީހަކަށް ނުވާނަން: ފަޔާޒް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ކަނޑިތީމު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ފަޔާޒް ޔޫސުފްގެ ދީނީ ސިޔާސަތު ތައް ތަންފީޒު ކުރުމުގައި ދާއ...

27 Mar 2019 | 08:43

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ކަނޑިތީމު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ފަޔާޒް ޔޫސުފްގެ ދީނީ ސިޔާސަތު ތައް ތަންފީޒު ކުރުމުގައި ދާއިރާގެ ރައްޔިތުން ނަށް ދެއްވަން އޮތް ޔަގީން ކަމެއް އެބަ އޮތްތޯ ސުވާލު ކުރުމުން ވިދާޅުވީ ތިރީގައި އެވާ ކަންކަންމަށް އެބޭފުޅާ އަބަދުވެސް ސަމާލު ކަން ދެއްވާނޭ ކަމަށެވެ.

• މާތްވެގެންވާ އިސްލާމް ދީނާއި ޚިލާފް އެއްވެސް ކަމަކަށް އެއްބާރުލުން ނުދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވުން

• ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރާ ބިލްތަކުގައި ދީނާއި އިދިކީލި އެއްވެސް ކަމެއް އޮތްތޯ ބަލައި ފާރަވެރިވާނޭ ކަމަށް ވިދާޅުވުން

• ރައްޔިތުންގެ މަޖިލީހުގައި ފާސް ކުރާ ބިލްތައް ކޮމިޓީ މަރުހަލާގައި ބަހުސް ކުރަމުންދާއިރު ދީނީ އިލްމުވެރިންނާއި އެބިލްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށް ވިދާޅުވުން

• ބަޣާވާތް ކުރުމާއި ނޭދެވޭ އަމަލުތަކުން ދުރުހެލިވެ ހުންނާނޭ ކަމަށް ވިދާޅުވުން

• މިހާރު އަމަލު ކުރަމުންގެންދާ ގާނޫނު ތަކުގައި އިސްލާމްދީނާއި ދީނުގެ އަސްލުތަކާއި ޚިލާފް ކަންކަން ހުރިނަމަ އެގާނޫނު ތަކަށް އިސްލާހު ހުށަހަޅާނޭ ކަމުގެ ޔަގީންކަން ދެއްވުން

ފަޔާޒް ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށާއި މަޖިލީހަށް މެމްބަރަކު ފޮނުވަނީ ފޮނި ހުވަފެންތަކަކާއި އެކުކަމަށް ވެފައި މަޖިލީހުގައި މަސައްކަތް ކުރައްވައިރު ރައްޔިތުންގެ އަޑު އަހާނޭ މީހަކަށް ފަޔާޒް ވާނޭކަމަށެވެ. " އަޅުގަނޑަކީ ﷲ އަށް ބިރުވެތިވާ މީހެއް، ރައްޔިތުން އަޅުގަނޑާއި ހަވާލު ކުރާ އަމާނާތަށް ހިޔާނާތެރިވާ މީހަކަށް އަޅުގަނޑެއް ނުވާނަން " ފަޔާޒް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް