އަބްދުﷲ ރަސްގެފާނާ ނަތަންޔާހޫ ބައްދަލުކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އުރުދުންގެ އަބްދުﷲ ރަސްގެފާނު ބައްދަލުކޮށްފި އެވެ. އިއްޔެ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އުރުދުންގެ އަންމާންގައި އެވެ. މި ބައްދަލުކުރުމުގައި ...

19 Jun 2018 | 02:33

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އުރުދުންގެ އަބްދުﷲ ރަސްގެފާނު ބައްދަލުކޮށްފި އެވެ.

އިއްޔެ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އުރުދުންގެ އަންމާންގައި އެވެ.

މި ބައްދަލުކުރުމުގައި ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކޮށްފައި ވެ އެވެ.

މި ބައްދަލުކުރުމަކީ ކޮން ގައުމެއްގެ އިސްނެގުމެއްކަން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އުރުދުން އިސްވެ އޮވެ މީގެ ކުރީގައިވެސް ފަލަސްތީނާއި އިޒްރޭލު މަސްރަހަށް ވަގުތީ ހައްލެއް ގެނެސް އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކޮށްފައި ވެ އެވެ.

އެއީ 1990 ވަނަ އަހަރު ވެވުނު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުސް މަސްޖިދުއް އަގްޟާގައި އަޅުކަން ކުރުމުގެ ހުއްދަ ލިބިދެނީ ހަމައެކަނި މުސްލިމުންނަށެވެ. ޔަހޫދީން އަގްޟާ އަށް ވަނުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް އަޅުކަން ކުރުން ޔަހޫދީންނަށް އޮންނަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް