ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ އަބްދުﷲ ހަލީލް އަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެއްވެސް ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވަން ބޭނުންނުވާތީ ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދޭކަމަށެވެ. ސައުދު ވިދާޅުވެފައިވަނީ އެއީ އޭނާ ނިސްބަތްވާ ދާއިރާގެ މެންބަރުންވެސް އެދޭގޮތް ކަމަށެވެ.
މެންބަރު ސައުދުވެސް ވަނީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގަ ސޮއި ކުރައްވާފައި އެވެ.
ބެލެވޭ ގޮތުގައި މިއަދު ކުއްލިއަކަށް ޕީޕިއެމްއިން މެންބަރުން ވަކިވެވައިގެންނަވަމުން ގެންދަވަނީ ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ދުސްތޫރީ މައްސަލަ އެއް ހުށަހެޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް