ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲ އަށް ފައިސާގެ އެހީ ފޯރުކޮށްދިނުން ލުބުނާނުން ހުއްޓާލަން ޖެހޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާއިން މިހެން ބުނެފައިވަނީ އެމެރިކާގެ ޓްރެޒަރީގެ ޓެރަރިސްޓް ފައިނޭންސިންގެ އެސިސްޓެންޓް ސެކްރެޓަރީ މާޝަން ބިލިންސްލީ މިހާރު ލުބުނާނަށް ކުރަމުންގެންދާ ދެ ދުވަހުގެ ދަތުރުގައި އެވެ.
އެމެރިކާއިން މިހެން ބުނެފައިވާއިރު މިގޮތަށް ކުރާ ފަންޑުތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް އެމެރިކާއިން ވަނީ ފަށާފައި އެވެ.
ހިޒްބުﷲ އަށް ލުބުނާނުން ދެމުން އަންނަ ފައިސާގެ އެހީތެރިކަން މެދުކަނޑާލައިފި ނަމަ ލުބުނާނުގެ ފައިނޭންޝިއަލް ސިސްޓަމަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް އެމެރިކާއިން ވަނީ ބުނެފައި އެވެ.
ހިޒްބުﷲ ޖަމާއަތަށް އެންމެ ގިނައިން ފަންޑު ކުރާ ގައުމަކީ އިރާނެވެ. އަދި އެއަށްފަހު ލުބުނާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް