މި ދުނިޔެވީ ހަޔާތް ބިނާކުރުމުގަވެސް، އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ކީރިތިރަސޫލާ ﷺ ގެ މުޅި ހަޔާތްޕުޅުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅވީ ކީރިތި ރަސޫލާ ﷺގެ އީދު މީލާދު ދުވަހުގެ ތަހުނިޔާ އެންމެ ބޭފުޅުންނަށް ދަންނަވައި ކުރެއްވި ޓްވީޓްގައެވެ.
ރައީސް ނަޝީދު، ކީރިތި ރަސޫލާ ﷺގެ އީދު މީލާދު ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވާފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ މި ދުވަހުގެ ތަހުނިޔާ ދަންނަވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް