ހުޅުމާލޭގައި މީހަކު ފަޅާލި އާފަލެއްގައި މާތްﷲގެ އިސްމުފުޅު

ހުޅުމާލޭގައި މިރޭ މީހަކު ފަޅާލި އާފަލެއްގައި މާތް ﷲގެ އިސްމުފުޅު ލިޔެވިފައި ހުއްޓާ ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެމުން މި އާފަލު ފެނުނު އަންހެން މީހާގެ ރައްޓެއްސެއް ކަމުގައިވާ ރިޒްނާ ބުނީ މި އާފ...

25 Feb 2018 | 17:46

ހުޅުމާލޭގައި މިރޭ މީހަކު ފަޅާލި އާފަލެއްގައި މާތް ﷲގެ އިސްމުފުޅު ލިޔެވިފައި ހުއްޓާ ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން މި އާފަލު ފެނުނު އަންހެން މީހާގެ ރައްޓެއްސެއް ކަމުގައިވާ ރިޒްނާ ބުނީ މި އާފަލަކީ އޭނާގެ ރައްޓެއްސަކު މިއަދު ހުޅުމާލޭގައި ހުންނަ އެންޒީ ފިހާރައިން ގަތް އާފަލެއް ކަމަށެވެ.

"ގާތްގަނޑަކަށް މިރޭ ނުވަގަޑި ތިރީސް ހާއިރު އެ އާފަލު ފަޅާލީމަ ފެނުނީ" ރިޒްނާ ބުންޏެވެ.

https://twitter.com/RiznaZareer/status/967808149372551168

އާފަލެއްގައި މާތް ﷲގެ އިސްމުފުޅު ލިޔެވިފައިވާތީ ފެނިފައިވާއިރު މީގެ ދެ މަސް ކުރިން ދ.އަތޮޅު ކުޑަހުވަދޫ އާއި ދިމާލުން އުޑު މަތީގައި ވިލާތަކުން މާތް ﷲ އިސްމުފުޅު ސާފުކޮށް ލިޔެވިފައި ހުއްޓާ ފެނިފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް