މާތް ﷲގެ މަތިވެރި އިސްމުފުޅު ތާނައިން ނުލިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް އަންގާފައިވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޫސް މަސައްލާ އަދި ސޯޝަލް މީޑިޔާގެ ވެބްސައިޓް ފަދަ ތަންތަނުގައި، ދިވެހި ބަހުން ލިޔާ ބައެއް ލިޔުންތަކުގައި ﷲގެ އިސްމުފުޅު ތާނައިން ތާނަ އަކުރުބޭނުންކޮށްގެން ލިޔަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށްބުނެ ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
"މިގޮތަށް ތާނައަކުރުން ﷲގެ އިސްމުފުޅު ލިޔުމަކީ އެކި ޒަމާންތަކުގައި ދިވެހިންގެ ތެރެއިން ދީނީ އިލްމުވެރިންނާއި، އަދި ސަރުކާރުތަކުން ވެސް މަނާ ކުރަމުން އަންނަކަމެއް" އެ ނޫސްބަޔާނުގައި ވެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ﷲގެ އިސްމުފުޅު ލިޔަންވާނީ ﷲގ މިގޮތަށް (ނުވަތަ އަރަބި ފޮންޓަކުން) އަރަބި އަކުރުން ކަމަށެވެ. އަދި ހަމަ މިފަދައިން ކީރިތި ގުރުއާންގެ އާޔަތްތަކުގެ ނައްޞުތަކާއި އަދި ކީރިތި ރަސޫލާ ﷺގެ ޙަދީޠް ފުޅުތަކުގެ ނައްޞުތައްވެސް ލިޔަންވާނީ ވާރިވެފައިވާ ގޮތަށް ޢަރަބި އަކުރުން ކަމަވެ.
"އަދި މީހުންނަށް ނަން ކިޔުމުގައި ﷲގެ އިސްމުފުޅެއް ހިމަނައިގެން ކިޔާ ނަންކިޔުމުގައި ނަން ކުރުކޮށްލުމުގެ ގޮތުންވެސް އެއްވެއް މާނައެއް ދޭހަނުވާގޮތަށް ކިޔާ އުލެއެވެ. މިއީވެސް ﷲގެ އިސްމުފުޅަށް ނަމެއް ނިސްބަތް ކުރުމުގައި ކިޔުންވެސް އަދި ލިޔުންވެސް ހުއްދަވާ ގޮތެއް ނޫނެނެ." އެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކަންކަމަކީ އިސްލާމްދީނަށް އިޙްތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ، އެއްވެސް މީހަކު ލިޔާ ލިޔުމުގައި ﷲގެ އިސްމުފުޅު ތާނައިން ނުލިޔުމަށާއި އިތުރަށް މި ބަޔާންކުރި ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުކޮށް އަންގައި އިއުލާންކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް