މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު ނަސްރުﷲ އަބްދުﷲ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ ފަރާތުން ބުނީ، ގެއްލިގެން ހޯދަމުންދާ ނަސްރުﷲ ވެސް އަދި ޑިންގީވެސް މިހާތަނަށް ބެލިބެލުމުން ފެނިފައިނުވާ ކަމަށެވެ.
ކޯސްޓްގާޑުގެ ޑައިވަރުން މިހާރުވެސް ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މީގެއިތުރުން ކަނޑުގެ އޮޔެ ހުރި ގޮތަށް ބެލުމަށް ފަހު އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗް އިން ދަނީ ކަނޑުގެ ސާފެސް ވެސް ބަލަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް