ޖޭއެސްސީން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން  ނެރުނު ނޫސްބަޔާނެއްގަ ބުނެފައިވަނީ، އަބްދުﷲ ގާޒީގެ ސުލޫކީ މ...

16 Feb 2020 | 18:03

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން  ނެރުނު ނޫސްބަޔާނެއްގަ ބުނެފައިވަނީ، އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ބަލަން ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. މި މައްސަލައިގަ އިތުރު އެއްޗެއް ހާމަކޮށްފައި ނުވާއިރު ސުލޫކީ މައްސަލަ ބަލަނީ ކޮންކަމަކާ ގުޅިގެންކަންވެސް ހާމައެއް ނުކުރެ އެވެ.

އަބްދުﷲ ގާޒީ މަޝްހޫރުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އަންނަ ޖެހުނު މައިގަނޑުގެ ގޮތުގައި އެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް22 ރޭ ވަންދެން އޭރު އިދިކޮޅުގައި ތިބި މީހުން މުޒާހަރާ ކުރީ އަބްދުﷲ ގާޒީ ގާނޫނާ ހިލާފަށް ބަންދުކޮށް އަސްކަރީ ރަށް ގިރިފުށީގައި ގެންގުޅުމާއި ގުޅިގެންނެވެ.

އަބްދުﷲ ގާޒީ މިނިވަން ކޮށްގެން މާލެ ގެނައީ ރައީސް ނަޝީދު ފެބްރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ، އޭރު އަބްދުﷲ ގާޒީ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް