ޕެންސް ގާތު އަބްދުﷲ ރަސްގެފާނު އެދިލެއްވީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ބަލައިގަތުމަށް

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް، މެދުއިރުމަތީގެ ތިން ގައުމަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުރުދުންގެ އަބްދުﷲ ރަސްގެފާނާއި ބައްދަލު ކުރައްވާފައިވާއިރު ގުދުސް އަކީ ފަލަސްތީނުގެ ...

21 Jan 2018 | 23:06

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް، މެދުއިރުމަތީގެ ތިން ގައުމަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުރުދުންގެ އަބްދުﷲ ރަސްގެފާނާއި ބައްދަލު ކުރައްވާފައިވާއިރު ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމަށް ޕެންސް ކުރެން އުރުދުންގެ ރަސްގެފާނު އެދިލައްވައިފި އެވެ.

މި ބައްދަލުވުން އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ އުރުދުންގެ ރިޔާސީ ގަނޑުވަރުގައި އެވެ.

އުރުދުންގެ ރަސްގެފާނު ވިދާޅުވީ އެމެރިކާއިން އިޒްރޭލު އަދި ފަލަސްތީނުގެ މަސްރަހަށް ހައްލެއް ގެނައުމަށް މަސައްކަތްކުރާއިރު، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ނިންމާ އެކަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާނު ކުރުމުން، މަސްރަހު އިތުރަށް ގޯސްވެފައިވާކަމަށެވެ. އަދި އެ ނިންމުން ބަދަލުކޮށްދިނުމަށް އަބްދުﷲ ރަސްގެފާނު އެދިލެއްވި އެވެ.

ޖަވާބުގައި ޕެންސް ބުނެފައިވަނީ ގުދުސްގައި އެމެރިކާއިން އިންތަކެއް ކަނޑައަޅާފައިނުވާ ކަމަށާއި ފަލަސްތީނާއި އިޒްރޭލުން ސުލްހައިގެ ވާހަކަތަކަށް އެއްބަސްވެއްޖެ ނަމަ ސުލްހައިގެ ހައްލެއް ގެނެސްދިނުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް