ރައީސުލްޖުމްހޫރިއްޔާ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިފެށޭ 2020 ވަނަ އަހަރުގެ އަހަރީ ޗުއްޓީ ހޭދަކޮށްލެއްވުމަށް ކ...

31 Dec 2019 | 16:18

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިފެށޭ 2020 ވަނަ އަހަރުގެ އަހަރީ ޗުއްޓީ ހޭދަކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު އެވެ.

އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ރައީސް ކުރެއްވެވިއެ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ.

ރައީސްގެ އާއިލާގެ ބައެއް ބޭފުޅުން ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ އިރު، މި އަހަރުގެ ކުރީކޮޅުވެސް ރައީސް ވަނީ ލަންކާއަށް ނުރަސްމީ ދަތުރުފުތަކެއް ކުރައްވާފައެވެ.

ވެރިކަމާއިހަވާލުވެވަޑައިގަތް ފަހުން ލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގެ ކުރީގެ ރައީސްގެ ދައުވަތަކަށް ރައީސް ވަނީ ސްރީލަންކާއަށް ވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް