އައު އަހަރާ ދިމާކޮށް ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލުމުގެ ފުރުސަތު ހެޔޮ އަގެއްގައި

އައު އަހަރާއި ދިމާކޮށް މޯލްޑިވް ގޭހުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. "ލުއި އެކްސްޗޭންޖް 2020" ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ ހެޔޮ އަގެއްގައި ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލެވޭ ޕްރޮ...

31 Dec 2019 | 12:43

އައު އަހަރާއި ދިމާކޮށް މޯލްޑިވް ގޭހުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. "ލުއި އެކްސްޗޭންޖް 2020" ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ ހެޔޮ އަގެއްގައި ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލެވޭ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ދަގަނޑު ފުޅި ހަމަ އެންމެ 795 ރުފިޔާއަށް ލުއިފުޅިއަށް ބަދަލުކޮށްލެވޭނެ ކަމުގައި މޯލޑިވް ގޭސް އިން ބުނެއެވެ. މޯލްޑިވް ގޭސްގެ ހޮޓްލައިން ނަމްބަރު 1616 އަށް ގުޅުއްވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެލެއްވޭނެ ކަމުގައިވެސް މޯލްޑިވް ގޭސް އިން ބުނެއެވެ.

ލުއިފުޅިއަކީ ގެންގުޅެން ފަސޭހަ، ގޭސް ހުރި މިންވަރު ބޭރުން ބަލައިލެވޭ، ހޫނު ވިޔަސް އަލިފާން ނުހިފާނެ އަދި ނުގޮވާނެ ފުޅިއެކެވެ.

މޯލްޑިވް ގޭހުން ލުއި ފުޅި ރާއްޖެއަށް ތައާރަފް ކުރީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް