ޝިދާތާގެ މައްސަލައެއް އޭސީސީއަށް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޗުއްޓީ ދަތުރެއްގައި މެލޭޝިޔާއަށް ވަޑައިގެން، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ކަމަށްބުނެ، އެކަން ބަލައިދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅަ...

31 Dec 2019 | 10:09

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޗުއްޓީ ދަތުރެއްގައި މެލޭޝިޔާއަށް ވަޑައިގެން، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ކަމަށްބުނެ، އެކަން ބަލައިދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އޭސީސީއަށް މިއަދު މައްސަލަ ހުށަހަޅައިފައި ވަނީ ޝިދާތާ އާއިލާއާއެކު މެލޭޝިއާއަށް ޗުއްޓީ ދަތުރެއްގައި ވަޑައިގެން، މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ކާރެއް ބޭނުންކުރައްވާފައިވާ ކަމަށްބުނެއެވެ.

ޝިދާތާ މިވަގުތު ހުންނެވީ ވެސް މެލޭޝިޔާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މިފަދަ މައްސަލައެއް ވެސް އޭސީސީއަށް ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް