ހދ. ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ފަށައި ވީހާވެސް އަވަހަކަށް އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ
އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައަޅައި ރައީސް އިއުލާން ކުރެއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން މިހާރު ފަށާފައިވާ ކަމަށެވެ
ކުޅުދުއްފުށި ސިޓީން ކަނޑައަޅަން ޖެހޭ ހަ ދާއިރާއަށް ސިޓީ ބެހެމުގެ މަސައްކަތް އީސީން ކުރިއަށް ގެންދާއިރު، ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން މާލެ ސިޓީގައި އިންތިހާބު ކުރާ ދާއިރާތައް އީސީން މިހާރު ވަނީ ކަނޑައަޅާފަ އެވެ
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. ކުޅުދުއްފުށީގެ އާބާދީއަކީ މިހާރު ގާތްގަނޑަކަށް 10،000 އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް