ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް ސުޕްރީމް ކޯޓުގައި އެދެން ނިންމައިފި އެވެ.
މޫސާ އަންވަރު ކުރި ޓްވީޓެއްގައި ވަނީ އައްޑޫގައި އޭނާ ނިސްބަތްވާ ދާއިރާ އަށް ފިރިހެނަކަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ބާތިލް ގާނޫނެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެ ގާނޫނާއި ކޮމިޝަންގެ ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށްހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
މިހާރު ވެސް އޭނާ ނިސްބަތް ދާއިރާގައި ފިރިހެނުންނާ ވާދަކޮށްގެން ހޮވިފައި ހުރީ އަންހެން މެމްބަރެއް ކަމަށް ކަމަށް ވެސް ޓްވީޓްގައިވެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސަންޓު ހާއްސަ ވަނީ އަންހެނުންނަށެވެ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން 12 ގޮނޑި އަންހެނުންނަށް ހާއްސަ ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް